- Advertisement -spot_img

ގއ. ވިލިނގިލި ސްކޫލްގައި އަލިފާން ރޯވެއްޖެ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރޯވެ އަނދައިފިއެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމްވަނީ އަނދާފައެވެ.

މި އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު  ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.

އެ ސްކޫލުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ދަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އަލިފާން ކޮންޓްރޯލުކުރުމަށް ފުލުހުންނާއި ވިލިނގިލީގެ ރައްޔިތުން މަސައްކަތްކުރަމުން އަންނަ އިރު، އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް ނުވަތަ ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް