- Advertisement -spot_img

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަލްސާއެއް މިރޭ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ހ. ވެޔޮވިލާގަ އެވެ. ޖަލްސާ ފެށޭނީ 20:45 ގައެވެ.

މިރޭގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ކޮންގްރެސް ޕާޓީގެ މެންބަރުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ ދައުވަތު އަރުވާފައެވެ. ކޮންގްރެސް ޕާޓީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލުން އިންތިހާބަށް ފޯރިގަދަ ކެމްޕޭނެއް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައި ދޮރުން ދޮރަށް ހިނގުމާއި ކެމްޕޭން ރެލީތައް އަންނަނީ ބާއްވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރެފަރެންޑަމް ވޯޓު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް