- Advertisement -spot_img

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ދޫކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކައި ނިންމަން ކަމަށެވެ. އެ މަސައްކަތް މިހާރު ނިމި، ކުރިއަށްދަނީ އެތަނުން ދީފައިވާ ގޯތިތައް އޭގެ ހައްގުވެރީންނާ ހަވާލުކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކޮށް ނިންމައި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެ ގޯތިތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗެއް ދޫކޮށްލާނަމަ، އެފަދަ މީހަކަށް ފްލެޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް