ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފިއެވެ
މި ކުޅިވަރު އެކުވެނި ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގައި ހަރަކާތްތެރިވާ އެކި ސްޕޯޓްސް އެކަޑަމީތަކުން ބައިވެރިވެ، އެކުވެނީގެ ވަސީލަތްތައް ވަނީ ބޭނުންކުރަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ މިފަދަ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވެސް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.



