އިރާނާއި ދުޝްމަނު ނޫން ގައުމުތަކުގެ އުޅަނދުތަކަށް ހޯރްމޫޒް ކަނޑުއޮޅި ބޭނުންކުރަން ހުއްދަ ދޭނެކަން އިރާނުން އދ ގެ ސަލާމަތާއި ބެހޭ ކައުންސިލަށް އަންގައިފިއެވެ.
ރޮއިޓާސްއަށް އިން ރިޕޯޓުކުރި ގޮތުގައި އީރާނުން ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓް ކޮށްފިނަމަ ”ޢަދާވާތްތެރި ނޫން އުޅަނދުތައް“ ސްޓްރޭޓް އޮފް ހޮރްމުޒްގައި ޓްރާންސިޓް ކުރެވިދާނެ ކަން މިހާރު ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް އަންގާފައި އެވެ.
އެގޮތުން 15 މެމްބަރުންގެ އދ ގެ ސަލާމަތީ މަޖިލީހުގެ އިތުރުން ދުނިޔޭގެ މެރިޓައިމް މައި އިދާރާއަށް މިކަމާއި ގުޅޭ ޚާއްސަ ސިޓީއެއް ފޮނުވީ އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.
”އެހެން ދައުލަތްތަކަށް ނިސްބަތްވާ ނުވަތަ ގުޅިފައިވާ އުޅަނދުތައް ހިމެނޭ ގޮތަށް ޢަދާވާތްތެރި ނޫން އުޅަނދުތަކަށް – އީރާނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގައި ބައިވެރިނުވާ ނުވަތަ ތާއީދު ނުކުރާނަމަ އަދި އިއުލާންކޮށްފައިވާ ސަލާމަތާއި ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރާނަމަ އީރާނުގެ ކަމާބެހޭ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށްގެން ހޮރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދަ ދޭނަން،“ އެ ސިޓީގައި ބުނެފައިވެ އެވެ.
މި ސިޓީ ލިބުމާއިއެކު ބައިނަލްއަގްވާމީ ޝިޕިން ލައިންތަކުގެ ސަލާމަތާއި ރައްކާތެރިކަން ރެގިއުލޭޓްކުރުމުގެ ޒިންމާ އުފުލާ އދ ގެ ޝިޕިން އެޖެންސީން މިހާރު ވަނީ މިކަން އެ އޭޖެންސީގެ 176 މެމްބަރުންނަށް ރަސްމީކޮށް އަންގާފައިކަަމަށްވެސް ރޮއެޓާސްއިން ވަނީ ބުނެފައި އެވެ.



