- Advertisement -spot_img

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ގާނޫނެއް ހަދަނީ

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުުކުރަން ފެށުމަށް، އެކަން ކުރަންޖެހޭ ގޮތް ބަޔާންކުރާ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޝަރީއަތް ގާއިމުވެފައިވާ އިސްލާމީީ ގައުމަކަށް ވާތީ، މަރަށް މަރު ހިފުމަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުންނަށް އަދަބު ނުދީ ބޭތިއްބުމުގެ އިޚްތިޔާރު ލިބިފައިނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނު އިސްލާހުކޮށްފައެވެ.

މަރުގެ އަދަބު ތަންފީޒުކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި ގިނަ ބަޔަކު ތިބި ނަމަވެސް މިހާތަނަށް އެކަން މިހާތަނަށް ތަންފީޒުވެފައި ނުވާކަން ރައީސް ވިދާޅުވިއެވެ.

”މަރުގެ ހުކުމް ތަންފީޒު ކުރުން އެބަޖެހޭ ގާނޫނީ އިމުގެ ތެރޭގައި ސްޓްރީމް ލައިން ކުރަން“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކަމަކީ ހަމައެކަނި ގަވާއިދަކުން ނުވަތަ އުސޫލަކުން ކަނޑައެޅޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ކަމުން ބަންޑާރަ ނާއިބުގެ އޮފީހުން އެކަމަށް ހާއްސަ ބިލެއް މިހާރު އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”މަޖިލީހުގެ މިހާރު މިހިނގަމުންދާ ދައުރުގެ ތެރޭގައި އަޅުގަނޑުމެން އެ ބިލް މަޖިލީހަށް ހުށަހަޅާނަން“ އެމަނިކުފާނު ވިދާޅުވިއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަކީ ރާއްޖޭގެ އަދުލު އިންސާފު، ސޯޝަލް ޖަސްޓިސް ގާއިމުކުރަން މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް