- Advertisement -spot_img

އިނގިރޭސި ޕްރެމިއާ ލީގު: އެވަޓަން އަތުން ބަލިވެ ޗެލްސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެ

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެވަންޓަން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ގަދަ ލީގުގެ ހަތަރަކަށް އެރުމަށް ޗެލްސީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެވަޓަންގެ ފޯވާޑް ބެޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކުރި ލަނޑު ބެޓޯ ކާމިޔާބުކުރިއިރު، އެވަޓަންގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް އިލިމާން އެންޑިއާއި އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުނަ އެވަޓަންއަށް 46 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 31 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް