- Advertisement -spot_img

ރޯދަމަހަކީ މުސްލިމުންގެ ހުރިހާ އަމަލެއް އެންމެ ހެޔޮގޮތުގައި ބަހައްޓަންޖެހޭ މަސް: ހުކުރު ހުތުބާ

މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައިވަނީ ރޯދަވެރިޔާގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށެވެ.

އެގޮތުން މިއަދުގެ ހުތުބާގައި ރޯދަމަހަކީ މުސްލިމުންގެ ހުރިހާ އަމަލެއް އެންމެ ހެޔޮގޮތުގައި ބަހައްޓަންޖެހޭ މަސްކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ދަމުނަމާދުކުރުމާއި، އިއުތިކާފުކުރުން ފަދަ އަޅުކަންތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ގޭގައި ކުރަންޖެހޭ މަސައްކަތްތައް ވަކި ބަޔަކަށް ނުޖައްސައި، އެކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ދަރުމަހުރިކަމެއްކަންވެސް  މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ވިޔަފާރިވެރިންވެސް އެމީހުން ވިއްކާ ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އުހުރަވީ ހަޔާތުން ފައިދާއާއި ނަފާ ލިބިގަންނަން މިއީ ރަނގަޅު ފޯވައްސެއްކަންވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މީހގެ އިތުރުން ހުކުރު ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި އަހަރެމެންނާ މިބައްދަލުކުރަނީ ބަރަކާތްތެރި ރަމަޟާން މަސްކަން ފާހަގަކުރަމުން ރޯދަ ހިފާއިރު ކުރާ ހެއު ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ ހަމެއްކަން ވަނީ ބުނެފައެވެ. ރަމަޟާން މަހަކީ ހެޔޮ ޢަމަލުތަކަށް މަގުފަހިވާ މަހެކެވެ. އަދި އެމަހު ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭނެކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ހުތުބާގައި އިތުރަށް ފާހަގަ ކުރި ގޮތުގައި ރޯދައިގެ މައިގަނޑު މަޤްސަދަކީ ތަޤުވާވެރިކަމެވެ. އަދި މިމަހަކީ ތަޤުވާގެ އިތުރުން ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ލިބޭ މަހެއްވެސް މެއެވެ. ރޯދައިގެ ސަބަބުން ދުނިޔޭގެ އެދުންތަކާއި ދުރުވެ، ފަހިވެތިކަން ކުޑަވެ، ރޫހާނީ ބާރު އިތުރުވެއެވެ.

ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފަ ނުކުރުމާއިއެކު ނޭދެވޭ ކަންތައްތަކާވެސް ދުރުވެގެންކަން މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ. އޭގެތެރޭގައި ނުބައި ބަސްތައް ނުބުނުމާއި އެފަދަ އަމަލުތައް ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އަރައިރުންވުމާއި ޒުވާބުކުރުމުން ދުރުހެލިވުން ހިމެނެއެވެ. މިފަދަ ކަންތައްތަކުން ދުރުހެލިނުވާނަމަ ހަމައެކަނި ކެއިންބުއިމުން ދުރުހެލިކވުމުގެ ބޭނުމެއް ނެތްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޝަރީއަތުގައި ހިމެނޭ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އޭގެތެރެއން ބައެއް ކަންކަމަކީ ރޯދަވެރިޔާގެ އިޙްތިޔާރުގައި ކުރާކަންކަމެވެ. މިސާލަކަށް ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާޢުވުން ހިމެނެއެވެ.

ރޯދަ މަހަކީ ހަށިގަނޑަށް ފައިދާހުރި ޙަލާލުތަކެތި ކެއުމަށް ބާރުއަޅަންޖެހޭ މަހެއްކަން ފާހަގަކުރަމުން، ކެއިން ބުއިމުގައި އިސްރާފު ނުކުރުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ރޯދައިގެ މަޤްސަދަކީ ދުނިޔަވީ އެންމެހައި އެދުންތަކުން ނަފުސު ތާހިރުކޮށް އުހުރަވީ ހަޔާތުން ލާބަހޯދުންކަން އެންމެންވެސް ހަނދާންކުރަންޖެހޭނެކަން ވަނީ ހުތުބާގައި އަލިއަޅުވާލާފައެވެ. އަދި މިބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ފަރުވާކުޑަކުރެވުނު ކަންތައްތައް އިސްލާހުކޮށް ރަމަޟާން މަހުގެ ދުވަސްތަކުގައި އޭގެ ހިސާބެއްނެތް ރަހުމަތާއި މަޣުފިރަތާއި ރުއްސެވުން ހާސިލްކުރުމަށް އަޒުމު ކަނޑައެމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.

ރަމަޟާންމަހުގައި އެއްހާސް މަސްވަރަށްވުރެ ހެޔޮކަން ލިބޭ ރެއެއް އެމަހުގައި ވާކަން ފާހަގަކުރަމުން އެރޭގެ ހެޔޮކަމުން މަޙުރޫމު ވެއްޖެމީހާ ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ސަލަފުއް ސާލިހުން ރަމަޟާންމަހާ އެންމެ ހިނދުކޮޅެއްވެސް ހެޔޮކަމުން މަހުރޫމު ނުވާނޭ ގޮތަށްކަން ވަނީ ފާހަގަކޮށްފައެވެ.

ރަހުމަތުން ފުރިގެންވާ މިބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމައާއި ސަވާބު އެންމެހާ މުސްލިމުންނަށް ދެއްވާށި. އަޅަމެން ކުރާ އެންމެހާ އަޅުކަންތައް މާތްﷲ ސުބުހާނަހޫވަތައާލާ ޤަބޫލުފުޅު ކުރައްވާށި. އާމީން

ގުޅުންހުރި ލިޔުންތައް