- Advertisement -spot_img

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހު 28 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.

އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަޅަން ވަނީ ނިންމައިފަ އެވެ. އެގޮތުން ހިއްސާއަކަށް 60ރ. ގެ މަގުން ޖުމްލަ 322 މިލިޔަން ރުފިޔާ ބެހުމަށް ނިންމާފައިވެ އެވެ. މިއީ މިހާތަނަށް ގައުމީ ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

އަހަރީ އާންމު މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށެވެ. އެ ޖަލްސާގައި ތިން ގޮތަކަށް ބައިވެރިވެވޭނެ އެވެ. އެއީ ޖަލްސާއަށް ހިއްސާދާރު އަމިއްލައަށް ހާޒިރުވެގެންނާއި އޮންލައިން އަދި އަދި ޕްރޮކްސީ މެދުވެރިކޮށެވެ.

ބީމްއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާއަށް އަމިއްލަ އަށް ހާޟިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރިވާން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ. އަދި މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައި ވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ.

އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުމުގެ އިތުރުން މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުން ވެސް އޮންނާނެ އެވެ. މީގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމާ އެއްގޮތަށް ބޯނަސް ހިއްސާ ދޫކުރުމާއި ބޭންކުގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން ވެސް އޮންނާނެ އެވެ.

މިދޔަ އަހަރު ބީއެމްއެލުން ހިއްސާއަކަށް ބެހީ 55ރ. އެވެ.

ގުޅުންހުރި ލިޔުންތައް