- Advertisement -spot_img

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެއްޔެ ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރޭ “އެކްސް” ގައި ކުރެއްވި ފޮޓޯ ޕޯސްޓެއްގައެވެ.

ވޭމަންޑޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެ ދަތުރުފުޅުގައި ބޭއްވެވި ރަސްމިއްޔާތުގައި، ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާ އެވެ.

އާބާދީގައި 1270 މީހުން ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކައި ނިމުމާއެކު، އެރަށުން ގޯތި ދޭނެ އިތުރު ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި، އެރަށުގެ އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް