spot_img

ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ޔަހޫދީން އިސްރާއީލް ދޫކޮށް ދިޔުމަށް އީރާނުން އަންގައިފި

ޔަހޫދީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު އެ ގައުމު ދޫކޮށް ޔަހޫދީން ދިޔުމަށް އީރާނުގެ ރެވެލިއުޝަރީ ކާޑު ކޮމާންޑު (އައިއާރްޖީސީ) އިން އަންގައިފިއެވެ.

އީރާނާއި ލުބުނާނުގެ އިޒްބުﷲ ގުޅިގެން ވަނީ މިހާތަނަށް ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް މިރޭ ދީފައެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އެތައް މިލިއަން ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ ހިމާޔަތްކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައެވެ.

މިރޭގެ ހަމަލާތަކުގައި ވެސް އިސްރާއީލްގެ ބައެއް އިމާރާތްތައް ވަނީ ސުންނާފަތިކޮށްލާފައެވެ. 

އެ ހަމަލާތައް ދިނުމަށްފަހު އައިއާރްޖީސީން ސޯޝަލް މީޑިއާގައި އާންމުކުރި ކުރު ބަޔާނެއްގައި ވަނީ ރައްކާތެރިކަން ބޭނުންނަމަ ޔަހޫދީންނަށް އޮތް ހަމައެކަނި ގޮތަކީ އެ މީހުން ގަބާރުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް ދޫކޮށް އެހެން މަންޒިލަކަށް ހިޖުރަކުރުން ކަމަށެވެ. އެހެންނޫންނަމަ އީރާނުގެ މިސައިލް ހަމަލާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

”ހަމަ މިހާރުން މިހާރަށް އިސްރާއީލް ދޫކޮށް ޔަހޫދީން ދިޔުން އެދެން. އަހަރުމެންދޭ ހަމަލާތަކުގައި އެއްވެސް ރަހުމެއް ނުހުންނާނެ،“ އައިރާޖްޖީސީގެ ބަޔާނުގައިވެއެވެ.

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އޭނާގެ އަނބިކަނބަލުންނާއި އާއިލާގެ އިތުރު ބޭފުޅުންތަކެއް އަވަހާރަކޮށްލުމުން ބޮޑު ހަނގުރާމައެއް ވަނީ ފެށިފައެވެ. އީރާނުން މިހާރު ވަނީ އާ ރޫހީ ލީޑަރަކަށް ޖާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ އިންތިހާބުކޮށްފައެވެ. 

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މުޖުތަބާ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު ބޭނުންވިޔަސް، އެއީ އޭނާގެ އަތުގައި އޮތް ބާރެއް ނޫން ކަމަށެވެ.

މުޖުތަބާ ވިދާޅުވީ ހަނގުރާމަ ނިންމާލަންވީމަ އެނގޭނީ އީރާނަށް ކަމަށާއި އީރާނަށް ހަމަލާދެވުމަކީ ކުރެވުނު މޮޔަކަމެއްކަމަށް އެމެރިކާ އާއި އިސްރާއީލަށް އިހްސާސްވާވަރު ކޮށްލާފައިނޫނީ ހަނގުރާމަ ހުއްޓާލެވެން ނެތް ކަމަށެވެ.

އީރާނުން ނިއުކުލިއާ ހަތިޔާރު ނުއުފައްދަން ނިންމައި މީގެކުރިން ވެފައިވާ އެއްބަސްވުން އާ ރޫހީ ލީޑަރު މުޖުތަބާ ވަނީ ބާތިލްކުރައްވާފައެވެ. 

އެކަމާ ގުޅޭގޮތުން މުޖުތަބާ ވިދާޅުވީ ނިއުކުލިއާ މައްސަލާގައި މަޝްވަރާކުރި މީހުން މިހާރު ވަނީ އަވަހާރަކޮށްލާފައި ކަމަށާއި މިއަދު ވެރިކަމުގައި ހުރީ ބޮން އުފައްދާ މީހާ ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރެވޭނެ ކަމަށާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ނިއުކުލިއާ ހަތިޔާރު އުފެއްދުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް