- Advertisement -spot_img

ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީއެއް ކާމިޔާބުކަމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފިއެވެ.

އެ ސާޖަރީއަކީ ކުރިމަތިފަރާތުން ކެމެރާއެއް ލައްވައި، މިނިމަލީ އިންވޭސިވް ނުވަތަ ވަރަށް ކުޑަ ތަންކޮޅެއް ކަފާލައިގެން ޔޫޓެރަސް އިން ފައިބްރޮއިޑްސް ނެގުމަށް ހަދާ ސާޖަރީއެކެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ އެ ޕްރޮސީޖާ ކުރިއަށް ގެންދިޔައީ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ޑރ. ތަލްހާ ކަމަށެވެ. އެކަމަކީ ރާއްޖޭގައި މިނިމަލީ އިންވޭސިވް ގައިނެކޮލޮޖިކަލް ފަރުވާ ކުރިއެރުވުމުގައި ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކާމިޔާބީއާ އެކު ހޮސްޕިޓަލުން ޒަމާނީ ހިސްޓްރޮސްކޯޕިކް ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕޮލިޕް އާއި ފައިބްރޮއިޑް އަދި ސެޕްޓަމް ނެގުމުގެ ހިދުމަތް ހިމެނެ އެވެ. އަދި އިންފާޓިލިޓީ އެސެސްމެންޓް ހަދައިދިނުމުގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ދެން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް