ދ. މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިގޮތުން ރޭގައިވަނީ ދ. މީދޫގައި ދިމާވެފައިވާ ކުނީގެ މަސައްލަ ޙައްލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލެވެ.

ރޭގައިވަނީ ދ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. މި މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ސޮއި ކުރެއްވީ ވަޒީރު ޑރ. ޢަބްދު الله މުއްޠަލިބެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓާޔަޑް) އަޙްމަދު ސަޢުދީއެވެ.
އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.

އަދި ކުޅިވަރުގެ ރޮނގުންވެސް ރަށަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ރޭގައި ދެއްވާފައެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް މި އަހަރާއި ކުރިއަށް އޮތް އަހަރު ތެރޭގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައީސް ވިދާޅުވީ މިއަހަރާއި މިއަންނަ އަހަރަކީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ޢަމަލީ ގޮތުން ފުރިހަމަކޮށްދެއްވާ ނިންމަވައި ދެއްވާނެކަމުގެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގައި ސޮއިކުރެވުނު އަދި އިއުލާނު ކުރެއްވުނު މަޝްރޫޢުތައް ހަލުވި ދުވެލީގައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.