ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު އިސްލާމްދީން ގަބޫލުކޮށްފިއެވެ.
އައްޑޫ ސިޓީ، ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތަކު އިސްލާމްދީން ގަބޫލުކޮށް، މިއަދު ވަނީ ޝަހާދަތް ކިޔައިފައެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިސްލާމްދީން ގަބޫލުކޮށްފައިވަނީ ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރާ މީހެކެވެ.
އިސްލާމްވީ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވަންއެވެ. އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން މިހާރު ވަނީ ”ޢަބްދުﷲ އާދަމް“ގެ ނަމަށް ބަދަލުކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ފޭދޫގެ މިސްކިތެއްގެ ތެރޭގައި، އިމާމު އެ ބިދޭސީ މީހާއަށް ޝަހާދަތް ލައިދޭ މަންޒަރެވެ.



