ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ކާބޯތަކެތި ވިއްކާ ތަންތަނުގެ އިންސްޕެކްޝަނެއް މުޅި ރާއްޖޭގައި ފަށައިފި

މި ފެށޭ ރަމަޟާން މަހާ ދިމާކޮށް ފިހާރަތަކާއި މާރުކޭޓުތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑު އިންސްޕެޝަނެއް ފަށައިފި އެވެ.

މި އިންސްޕެކްޝަން ކުރިޔަށްދާނީ ސިއްހަތާއިބެހޭ ވުޒާރާއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެނެވެ. މި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ރައްކާތެރި ކާބޯތަކެތިކަން ކަށަވަރު ކުރުން ކަމަށެވެ.

މާލެ ސަރަހައްދާއި އަތޮޅުތަކުގައި އެ އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 09:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

އިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތްތައް އިންސްޕެކްޓް ކުރެވިގެންދާނެއެވެ. އަދި ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެ އިރުޝާދާއި އެއްގޮތަށްތޯ ބެލުން ހިމެނެއެވެ. މީގެ އިތުރުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުންވެސް އިންސްޕެކްޝަނުގައި ހިމެނޭ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ރައީސް ތަސްދީގުކުރެއްވި މިދިޔަ އަހަރު މެއި މަހުގެ 23 ވަނަ ދުވަހެވެ. އެއަށްފަހު އެގާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ހިދުމަތްދިނުމަށް ކަނޑައެޅިފައިވެ އެވެ. އަދި ކާބޯތަކެތި އުފައްދާ، ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް އެމްއެފްޑީއޭ އިން ކުރިއަށް ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް