- Advertisement -spot_img

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ކަމުން އެމްޑީޕީ ސަރުކާރުން ވަކިކުރަން ނިންމި އަބްދުއްރައޫފް އިބްރާހީމް އަލުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައޫފްގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިސްމާއީލް ޝަފީއު ވެސް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ލ. ކަލައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިޔާޒް ވެސް ރޭ ވަނީ އައްޔަންކޮށްފައެވެ.

އެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ރައޫފާއި އިތުރު ފަނޑިޔާރުންތަކެއް ހައިކޯޓުން ވަކިކުރަން އޭރު ޖޭއެސްސީން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ބޭފުޅުންނަށް ފްލެޓް ދީފައިވާތީއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޓަޔާކުރެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމް ހުސްވީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް