މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޑެޕިޔުޓީ މިނިސްޓަރު އަލީ ޝަމީމް ހއ. ބާރަށު ކައުންސިލްގެ ރައީސް ކަމަށް ހޮވިއްޖެއެވެ.
ވޯޓުލުމަކާ ނުލައި ބާރަށު ކައުންސިލްގެ ރައީސް ކަމަށް އަލީ ޝަމީމް ހޮވިފައި ވަނީ ސުންގަޑި ހަމަވިއިރު، އިތުރު އެއްވެސް ކެންޑިޑޭޓެއް ބާރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަނުކުރައްވާތީއެވެ.
އޭނާ ކުރިމަތިލެއްވީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާރަށު ކައުންސިލްގެ ރައީސް ކަމަށް ކެންޑިޑޭޓެއް ނެރެފައެއްނުވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ އަލީ ޝަމީމަށް މަރުހަބާ ވިދާޅުވެފައެވެ.



