- Advertisement -spot_img

އިންތިހާބަކާ ނުލައި އދ. ދިއްދު އާއި މަންދޫ ކައުންސިލްގެ ރައީސްގެ ކޮނޑި ޕީއެންސީއަށް ލިިބިއްޖެ

އިންތިހާބަކާ ނުލައި އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލް ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ލިބިއްޖެއެވެ.

ދިއްދު އާއި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި، ޕީއެންސީއަށް ލިބުނީ އެ ގޮނޑިތަކަށް އިތުރު ބަޔަކު ކުރިމަތިނުލުމުންނެވެ. އެ ދެ ގޮނޑީގެ އިތުރުން ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަކާއި ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަކޮށްފައި އޮތް މެންބަރުކަން ވެސް ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ. އެ ގޮނޑިތައް ވެސް ޕީއެންސީން ނެގީ އެ ޕާޓީ ފިޔަވައި އެއްވެސް ކެންޑިޑޭޓަކު ގޮނޑިތަކަށް ކުރިމަތިލާފައި ނުވުމުންނެވެ.

މިކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.

މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ.

މަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ އައިޝަތު އިޝާމާއެވެ. އަދި މަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކަށް އިންތިހާބުވެވަޑައިގަތީ ސާމިޔާ ހުސެއިނާއި އަސްމާ ސައުދެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ ޕީއެންސީ ޓިކެޓުގައި ކުރިމަތިލެއްވި އަނީސް މުހައްމަދެވެ. އޭނާއަކީ މިހާރު ދިއްދޫ ކައުންސިލްގެ މެމްބަރެކެވެ.

ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެފައިވަނީ ހަމަ އެ ޕާޓީގެ ޓިކެޓުގައި ނުކުންނެވި އުންމުހާނީ ހުސައިންއެވެ.

ގުޅުންހުރި ލިޔުންތައް