ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިން އައްޝަރީފައިން އަލްމަލިކް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު އަދި ބޮޑުވަޒީރު، ސުމުއްވުލް އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި އަރަބި ބަހުން ޕޯސްޓްކުރެއްވި މެސެޖެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަސް ފާހަގަކުރާ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި، އެ ޤައުމުގެ ކުރިއެރުމާއި، ފާގަތިކަމާއި، ސަލާމަތްތެރިކަމާއި، ހަމަޖެހުން ދެމެހެއްޓުމަށް އެދިވަޑައިގެންފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހަކީ ފުރަތަމަ ސަޢޫދީ ދައުލަތް އުފެދުނު ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް