ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ހާއްސަ ’ވުނާރި ފޯރަމް‘ އދ. މަހިބަދޫގައި

ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ’ވުނާރި ފޯރަމް‘ ގެ ނަމުގައި ޚާއްޞަ ފޯރަމެއް މިއަދު އދ. މަހިބަދޫގައި ބާއްވައިފިއެވެ.

މި ފޯރަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ވަނީ ދެވިފައެވެ. މީގެތެރޭގައި އެދާއިރާގައި ހަރަކާތްތެރިވާ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހުނަރުތަކާއި، އަދި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ވަނީ ޙިއްސާކޮށްފައެވެ.  

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި، އަރިއަތޮޅު ދެކުނުބުރީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމް ކުރިޔަށްދަނީ އދ. މަހިބަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ އެއްދުވަހުގެ މުއްދަތަށެވެ.

ބީސީސީގެ އިތުރުން މި ފޯރަމްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަދި މީރާގެ ފަރާތުން ބައިވެރިންނަށް މަޢޫލޫމާތު ވަނީ ދެއްވާފައެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި އެކިދާއިރާތަކުން ތަޖުރިބާކާރުން މެދުވެރިކޮށް ކުރިއަށްގެންދެވުނު ސެޝަންތަކުގައި ޤާނޫނީ ގޮތުން ފަރުވާތެރިވެ، ޢަމަލުކުރަންޖެހޭ ކަންކަމާއި، މާލީ ފުރުޞަތުތަކާއި، ވިޔަފާރިވެރިކަމާއި، މާކެޓިންގ އިސްތިރާޖީތަކާއި، ޓެކްސް ދެއްކުމާއި، އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރެންޑްތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ހިމެނޭނެއެވެ. މި ކަމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތައް ކުރިއެރުވުމާއި އަތޮޅުގެ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުން ކަމުގައި ބީސީސީ އިން މަޢުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް