- Advertisement -spot_img

ވެމްކޯ އިން ޕެންޝަން އޮފީހާ މަޝްވަރާކޮށްފި

މުވައްޒަފުންގެ ޕެންޝަން ފައިސާ ދިނުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާ މަޝްވަރާކޮށްފައިވާނެ ކަމަށެ ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޚިދުމަތް ފުރިހަމައަށް ދިނުމާއެކު ދަތިކަމެއް ނެތި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމައަށް ދިނުމަށް އެ ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބި ލިބި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމާ ގުޅޭގޮތުން ޕެންޝަން އޮފީހާ މަޝްވަރާކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ހޯދި ޚިދުމަތްތަކަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ ދީފައިނުވާތީ، ފިނޭންސް މިިނިސްޓްރީއާ ވާހަކަދައްކައިގެން އެ ފައިސާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ފައިސާ ހޯދުމަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެ ކައުންސިލާ ބައްދަލުކޮށް ކުރި މަޝްވަރާތަކުން ކާމިޔާބެއް ނުވި ކަމަށް ވެމްކޯ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް