- Advertisement -spot_img

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުގެ އެހީގައި ރަސްމާލޭގެ ސައިޓް އޭގެ 64 ހެކްޓަރު ހިއްކައިފި

ރަސްމާލޭގެ ގޮތުގައި ތަރައްގީކުރާ ފުށިދިއްގަރުފަޅުގެ ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 64 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލްއިން މިއަދު ބުނެފިއެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން ”ޓްރެއިލާ ސަކްޝަން ހޮޕާ“ގެ އެއް ޑްރެޖަރު ކަމަށްވާ ”ކްރިސްޓަބެލް ކޮލޯން“ ކިޔާ އެ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވި ކޮށްފައެވެ.

ރަސްމާލެ ސައިޓް އޭގެ 64 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 47 އިންސައްތަ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ ކަމަށް އިއުލާންކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް