ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

55 ދަނޑުވެރިންނާއި އެކު އެމް ގެޕް ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕް ފަށައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ  (PDSAE)ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތައް މީރުމާގައި ކުރިޔަށް ދާ މި ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަލަކާއި ދަނޑުވެރިއެކެވެ.

މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދަނީ މާލޭ ސިޓީގައެވެ. އަދި އެއަށް ފަހު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ވޯކްޝޮޕްގެ ބައިވެރިން މާދަމާ، ތޮއްޑޫއަށް ދާނެއެވެ.

ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަރޑެކެވެ. މިހާތަނަށް ރާއްޖޭގައި 10 ދަނޑުވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮއިދޫގެ ދިހަ ދަނޑެވެ. އެއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް