އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ލީގު ދެބައި ނުވަނީސް ތަށި ހޯދަން ނުކުތް އާސެނަލް ސޮއްސާލައިފި

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ އެސްޓަންވިލާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި އެސްޓަންވިލާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-3 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

އެސްޓަންވިލާ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެސްޓަންވިލަ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މެޓީ ކޭޝް އެވެ.

އަސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ. އަދި މިމެޗުން އެސްޓަންވިލާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެމެލިއާނޯ ބުއެންޑިއާ އެވެ

އެސްޓަންވިލާ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން އެސްޓަންވިލާއަށް 30 ޕޮއިންޓް ލިވިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އާސެނަލް އިން ލީގުގައި ކުޅުނު 15 މެޗުން ހޯދި 33 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ލީގުގައި އާސެނަލްއަށް ކުރިއަށް އޮތީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެސްޓަންވިލާ އިން 14 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނުކުންނާނީ ވެސްޓްހަމް އާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް