އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގެ ގުރު ނަގައިފިއެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ޖޫން 11 ގައި ފަށާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗުންނެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕްތައް:
ގްރޫޕް އޭ: މެކްސިކޯ، ދެކުނު އެފްރިކާ، ދެކުނު ކޮރެއާ، (ޔޫއެފާ ޕްލޭއޮފް ޑީ)
ގްރޫޕް ބީ: ކެނެޑާ، ގަތަރު، ސްވިޒަލޭންޑް، (ޔޫއެފާ ޕްލޭއޮފް އޭ)
ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ސްކޮޓްލޭންޑް، ހެއިޓީ
ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއާއީ، އޮސްޓްރޭލިއާ، (ޔޫއެފާ ޕްލޭއޮފް ސީ)
ގްރޫޕް އީ: ޖަރުމަނު، ކްރަސާއޯ، އައިވޮރީ ކޯސްޓް، އެކުއެޑޯ
ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، (ޔޫއެފާ ޕްލޭއޮފް ބީ)، ޓިއުނޭޝިއާ
ގްރޫޕް ޖީ: ބެލްޖިއަމް، މިސްރު، އިރާން، ނިއުޒިލޭންޑް
ގްރޫޕް އެޗް: ސްޕެއިން، ކޭޕް ވާޑޭ، ސައުދީ އަރަބިއްއާ، އުރުގުއާއީ
ގްރޫޕް އައި: ފްރާންސް، ސެނެގާލް، (ފީފާ ޕްލޭ އޮފް 2)، ނޯވޭ
ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
ގްރޫޕް ކޭ: ޕޯޗުގަލް، (ފީފާ ޕްލޭއޮފް 1)، އުޒްބެކިސްތާން، ކޮލަމްބިއާ
ގްރޫޕް އެލް: އިންގްލެންޑް، ކްރޮއޭޝިއާ، ގާނާ، ޕެނަމާ



