ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ އަރުތަ ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ފުޓްސަލް ކިންގް) ހާސިލުކުރީ ދުވާފަރު ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އިސާމް (ސަންޓޭ) އެވެ. މުޅި މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ވަނީ ކުޅުނު 6 މެޗުންގެ ތެރެއިން 5 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އޭނާއެވެ. ސަންޓޭ ވަނީ މި މުބާރާތުގައި 16 ގޯލު ޖަހާފައެވެ.
ދުވާފަރު ޓީމުގެ މުގުލުގައި ހުންނަ ޝަންޓޭ އަކީ ޓީމުގެ ކުޅުންތެރިންނާއި އަދި ސަޕޯޓަރުންވެސް އެންމެ އިތުބާރު ކުރާ ކުޅުންތެރިޔާއެވެ. މިމުބާރާތުގެ ޗެމްޕިޔަން ދުވާފަރު ޓީމަށް ހޯދައި ތަށި މިލްކުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިޔާއެވެ.