ގަތަރުގައި ކުރިއަށްދިޔަ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕްގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށް ޕޯޗުގަލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބްރެޒިލް ބަލިކުރުމަށްފަހު އެވެ. އަދި އޮސްޓްރިއާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި އިޓަލީ ބަލިކުރުމަށްފަހުއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަނީސިއޯ ކަބްރާލް އެވެ. އަދި ދެވަނަ ހާފު ނިމެންދަނިކޮށް އޮސްޓްރިއާގެ ފޯވާޑް ޑެނިއަލް ފްރޮޝަރއަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އިޓަލީ އިން ވަނީ ބްރެޒިލް ބަލިކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު ވިޓާއޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އިޓަލީ އިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.



