އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރްޓީއެލްގެ ޚިދުމަތް ފަށަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތަކީ ނިކަމެތި ރައްޔިތު މީހާއަށް ވެސް ހެޔޮއަގެއްގައި ޒަރޫރީ ބޭނުންތަކަށް އެކި ރަށްތަކަށް ދަތުރުކުރެވޭގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ސަރުކާރުން ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފެރީގެ ހިދުމަތް އާދީއްތަ ދުވަހު ފަށާއިރު، މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅާލުމަަށް ކަނޑައަޅާފައިވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރެވެ.

އެމްޓީސީސީން ބުނިގޮތުގައި، މި ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ.

ފެރީގެ ދަތުރުތަކަށް ޓިކެޓު ނެގުމުގެ ހިދުމަތް އާރުޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި ކިއުއާރް މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މިކަމުގެ ސަބަބުން އެ ދެ އަތޮޅުގެ ރައްޔިތުންނަށް އެތައް ގުނައަކުން ފައިދާކުރާނެއެވެ.

ނ. އަތޮޅާއި ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 12 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް