އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ރޮނާލްޑޯ ސަސްޕެންޑް ނުވާގޮތަށް ނިންމައިފި

އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ކަމުގައިވިޔަސް ވަރލްޑް ކަޕްގެ ފުރަތަމަ މެޗަށް ރޮނާލްޑޯ ސަސްޕެންޑެއް ނުވާނެ ކަމަށް ފީފާއިން ނިންމައިފިއެވެ.

އަޔަލެންޑް އަތުން 2-0 އިން ޕޯޗުގަލް ބަލިވި މެޗުގައި ރޮނާލްޑޯއަށް ރަތް ކާޑު ދެއްކި ޑިފެންޑަރެއްގެ މޫނު މަތީގައި އުޅަބޮށިން ގަސްތުގައި ޖެހުމުންނެވެ.

މި ހާދިސާގައި ރެފްރީ އެންމެ ފުރަތަމަ ރޮނާލްޑޯއަށް ރީނދޫ ކާޑެއް ދެއްކި ކަމުގައިވިޔަސް ވީއޭއަރު ބެލުމަށްފަހު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފައެވެ.

ރޮނާލްޑޯއަށް ދެއްކި ރަތް ކާޑަކީ ފީފާގެ ގަވާއިދުގެ ތެރެއިން ’ވައޮލަންޓް ޕްލޭ‘ އަށް ވާނެތީ ގިނަ ފަރާތްތަކުން ލަފާކުރީ ރޮނާލްޑޯއަށް ދެތިން މެޗުގެ ސަސްޕެންޝަނެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ފީފާއިން ވަނީ ރޮނާލްޑޯއަށް އެންމެ މެޗެއްގެ ސަސްޕެންޝަނެއް ދޭން ނިންމާފައެވެ.

އާމޭނިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު އެންމެ ފަހު ކޮލިފައިން މެޗުގައި ރޮނާލްޑޯ ބައިވެރިނުވާތީ އޭނާ އިތުރު މެޗަކަށް ސަސްޕެންޝަނުގައި ހުންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން ވަރލްޑް ކަޕުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯއަށް ބައިވެރިވެވޭނެއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ ދެން އަންނަ އަހަރު އޮތް ވޯލްޑް ކަޕަށް ތައްޔާރުވާއިރު މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕެވެ.

ގުޅުންހުރި ލިޔުންތައް