ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުވުމަކީ މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމެއް: ރައީސް

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކާއި ފުރައްސާރަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން އެ ދާއިރާ އަށް އެ މީހުން ބާރުވެރި ކުރުވަން އެންމެން އެކީގައ މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ވެސް ދެކޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީއާ ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެންދާ އިރު އަންހެނުންނާއި އަންހެން ކުދިންނަށް އޮންލައިންކޮށް ކުރާ ފުރައްސާރަތަކާއި ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ގާއިމުކޮށް ދޭން ޖެހޭ ކަމަށް ދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެން ގުޅިގެން މިކަމަށް މަސައްކަތް ކުރެވިއްޖެ ނަމަ އޭގެ ހެޔޮ އަސަރު މުޖުތަމައަށް ކުރާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 25 އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަށް އދ. އިން މި އަހަރު ކަނޑައަޅާފައި ޝިއާރަކީ ”ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބާޒް އޮފް ދަ ސޮސައިޓީ“ އެވެ.

ގުޅުންހުރި ލިޔުންތައް