އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކުއްލިގޮތަކަށް ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދެއްވައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވިކަން އޭނާ ވަނީ އިއުލާންކުރައްވާފައެވެ. 

އިސްތިއުފާގެ ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ.

”އެހެންކަމުން، މި ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަމެވެ. ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެއެވެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.“ ސިޓީގައި ފައްޔާޒު ވިދާޅުވެފައިވެއެވެ. 

ފައްޔާޒަކީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް