އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އެމްއޭސީއެލްގެ ބޯޑު މެންބަރުކަމަށް ޖަމީލް އުސްމާން އައްޔަންކޮށްފި

އެމްއޭސީއެލްގެ ބޯޑު މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން އައްޔަންކޮށްފިއެވެ.

ޖަމީލް އުސްމާން އެ މަގާމަށް އައްޔަންކޮށްފައިވާކަން ޕީސީބީން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފައެވެ.

އޭނާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީސްގެ ގެމަނަފުށި ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމަޓީތަކެއްގައި ވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި މާލިއްޔަތު ކޮމެޓީއާއި، އިގުތިސާދީ ކޮމެޓީ އަދި ގައުމީސަލާމަތު ކޮމެޓީފަދަ ކޮމެޓީތަށް ހިމެނެއެވެ.

ޖަމީލް ވަނީ ބައެއް ބޮޑަތި ކުންފުނިތަކުގައި މެނޭޖެމެންޓް ލެވެލްގައި ވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ޓްރާންސް މޯލްޑިވިއަންއެއާވޭސް (ޓީއެމްއޭ) ސީނިއާ މެނޭޖްމަންޓުގައި ފަސް އަހަރު އޭނާ މަސައްކަތް ކުރެއްވިއެވެ.

ޖަމީލް ވަނީ އިގިރޭސީވިލާތުގެ ބެޑްފޯޑްޝިއާ ޔުނިވާސިޓީއިން ބިޒްނަސް އެޑުމިނިސްޓުރޭޝަން އިން މާސްޓާސް ހާސިލު ކުރައްވާ، އަދި އިގިރޭސީ ވިލާތުގެ ޔުނިވާސިޓީ އޮފް ބާރމިންހަމް އިން ބީއޭ (އޮނާރސް) އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ހާސިލު ކުރައްވާފައެވެ.

އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު، މުހައްމަދު، ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދު، މުޖުތަބާ ލަތީފް އަދި އިބްރާހިމް މަހުދީއެވެ.

ގުޅުންހުރި ލިޔުންތައް