މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ”އަމީނިއްޔާ“ގެ ނަމުގައި ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ހިމެނޭ މެސެޖެއް ގިނަ ބަޔަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކަސްޓަމުން އެ އޯޑަރު ދޫކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ މެސެޖުގައިވެއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ އެ މެސެޖުގައިވާ ލިންކަކީ ބޭންކު ކާޑުގެ މައުލޫމާތު ވަގުންނަށް ހޯދަން ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ލިންކެއް ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ފިއްތާނުލައި، އެ މެސެޖު ޑިލީޓްކޮށްލުމަށް ވެސް ވަނީ އެދިފައެވެ.
މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ޕޯސްޓު އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.



