ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ވިލިމާލޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ގެއްލިއްޖެ

ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގަރޭޓު ކާޓުންތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާގޮތުގައި ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައި ވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގަރޭޓެވެ.

އެއީ ތިލަފުށިން ހޯދައިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓްތަކެކެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފޮށިގަނޑެއްގެ ތެރޭގައި ހުރި އެ ސިނގަރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން އިތުރަށް ބެލި ބެލުމުންނެވެ.

އެމްޕީއެލްގެ ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް