އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އަންހެނަކު ރަހީނުކޮށް އަނިޔާކުރި ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި، އަނިޔާކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު، ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން، އަހްމަދު އާހިލް މުނާޒުއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ.

ދާދިފަހުން ވަނީ ގްރޫޕަކުން އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ފެންމަތިވެފައެވެ. އެ އަންހެން މީހާއަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ގުޅުންހުރި ލިޔުންތައް