އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މާލޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު އިރު އޮއްސި 6:11 ހާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް