އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މަންދޫ ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

އދ. މަންދޫގައި ޤާއިމްކޮށްފައިވާ އައު ފުޓްސަލް ދަނޑު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ މަންދޫ ޒުވާނުންގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެންނެވެ.

ރައީސް މަންދުއަށް ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ނައިބު‎ ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސް ދިވެހިރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދުމުން އެކަމަށް އިޖާބަދެއްވައި، އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކޮށް ލައިޓް ޖަހައި، ފުރިހަމަކޮށް ނިންމި ދަނޑެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ފެންވަރު ރަނގަޅު ޓާފަކާއެކު މަންދޫގައި ސަރުކާރުން ތަރައްޤީކުރެއްވި ފުޓްސަލް ދަނޑު ހުޅުވައިދެއްވައި، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.

ގުޅުންހުރި ލިޔުންތައް