އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ޤާއިމުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއަށްފަހު، އެންމެ 9 މަސް ދުވަހުގެ ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމް މިހާތަނަށް ވަނީ ގާއިމްކުރެވިފައެވެ. އިތުރު 70 އޭޓީއެމް ބެހެއްޓުމުން މި އަދަދު 332 އަށް އަރާނެއެވެ.



