ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މި ބަޔަށް ބައިނަލްއަޤްވާމީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި މި ބަލިން ރައްކާތެރިވުމަށް ރަނގަޅު އާދަތައް ގެންގުޅެން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
އެގޮތުން ގައިގައިން ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިޢްޙީ ރަނގަޅު އާދަތައް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވުމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ އެމަނިކުފާނު ވަނީ ގޮވާލައްވަފައެވެ.
ވަނީ މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް އަމިއްލަ ޖަމާޢަތްތަކައި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ބަލިތަކާއި ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިގޮތަށް ފާހަގަކުރާ ދުވަސްތަކުގައި އައު ކުރަން ޖެހޭ ކަމަށެވެ.



