އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކަށް ހަވާލުކޮށްފި

ރާއްޖޭގެ ގައުމީ ސިއްހީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމަށާއި ޑިޒައިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބްގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު އަބްދުﷲ އެވެ. ޖަރުމަންގެ ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ.

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކަށް ހަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް އެކަމާ ގުޅޭ، ގައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މިއަދު ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

”ތަފާތު ބޭސްތައް ތަހުލީލުކުރުމާއި އެފަދަ މުހިންމު ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަރޯސާވާން ޖެހެނީ ބޭރުގެ ލެބޯރެޓެރީތަކަށް،“ އޭނަ ވިދާޅުވި އެވެ. ”ކަމުގެ ސަބަބުން އެކަމަށް ހިނގާ ހަރަދު އިތުރުވެ، ހަދަރު ބޮޑުވެ، އެންމެ މުހިންމު ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި.“

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކަށް ހަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

ލެބް ހެދުމުގެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުތެރޭ ނިމި، ހިދުމަތް ލިބޭ ތަނަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ލެބްގެ މަސައްކަތް ޖަރުމަނުގެ ކުންފުނިން، އެތަނުގެ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިންމައި، ދެވަނަ ފޭސްގެ ދަށުން ކޮންޓްރެކްޓަރެއް ހޯދައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ލެބޯޓަރީ ގާއިމު ކުރަނީ ހުޅުމާލޭގައި 12 ބުރިއަށެވެ. އެ ތަނުގައި މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމުތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް