ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ނޮވެމްބަރު މަހުގެ 6 އިން 8 އަށް ކުރިއަށް ގެންދާ ”ވަރަ އެކްސްޕޯ“ ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބައިވެރިވަމުންނެވެ.
ދިވެހި ޒުވާނުންގެ ކިބައިގައި ހުނަރުތައް އަށަގަންނުވައި، މި ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިއްސާކޮށް އަދި ތަމްރީނުގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި އެކްސްޕޯގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.
އެގޮތުން، އެކްސްޕޯގެ އެޑިއުކޭޝަން ޒޯންގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން ބައިވެރިވެ، މި ދާއިރާގައިހުރި މަތީ ތައުލީމުގެ ފުރުސަތުތަކާއި ހުނަރުތައް ތަރައްގީކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯންގައި ބައިވެރިވެ، މި ދާއިރާގައިހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ފޮރެންސިކް ސާވިސަސް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމް ސެންޓަރު، އެންޓި ސްކޭމް ސެންޓަރު، މެރިން ޕޮލިސް، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސާވިސް އަދި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުން ބައިވެރިވެފައިވެއެވެ.



