ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހުޅުމާލޭން 47 ވެހިކަލެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާކޮށްފި

މިދިޔަ ދެ ދުވަހު ހުޅުމާލޭން 47 ވެހިކަލެއް ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 46 ސައިކަލާއި ކާރެއް ކަމަށެވެ.

އޭގެ ތެރެއިން 38 ވެހިކަލެއް ޓޯ ކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން 8 ވެހިކަލެއް ޓޯ ކުރިއިރު ނުރައްކާތެރިކޮށް ދުއްވައިގެންނާއި އެހެނިހެން މައްސަލަތަކުގައި ތިން ވެހިކަލެއްް ޓޯ ކުރި އެވެ.

މީގެ އިތުރުން 18 މީހަކު ޖޫރިމަނާ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 16 ސައިކަލާއި ދެ ކާރެއް ދުއްވި ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް