ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގު: ކްލަބް ބްރޫޖާއިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖާއިން ސްޕެއިންގެ ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީވެސް ބްރޫޖާއިންނެވެ. އެއީ މެޗް ފަށައިގެން 6 ވަނަ މިނެޓް ތެރޭގައި ޓްރެސޮލްޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބްރޫޖާއިން ލީޑް ނަގާފައިވަނިކޮށް ބާސެލޯނާގެ ޓޯރޭޒް ވަނީ އޭގެ އެއްމިނެޓް ފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ 9 މިނެޓް ފަހުން ބްރޫޖާގެ ފޯބްސް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެޓީމަށް ލީޑް ނަގައިދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ބްރޫޖާ ކުރީގައި އޮވެގެންނެވެ.

ކްލަބް ބްރޫޖް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗްގެ ދެވަނަ ހާފް ކުޅުން ފަށައިގެން ބާސެލޯނާއިން ވަނީ ކުޅުން ރަނގަޅުކޮށް 61 ވަނަ މިނެޓް ތެރޭގައި އަނެއްކާވެސް މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޔަމާލް އެވެ. ބާސެލޯނާ މެޗް އެއްވަރުކުރިތާ ދެމިނެޓް ނުވެ އުޅެނިކޮށް ފޯބްސް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވުމުގެ އުއްމީދު އައުކޮށްދީފައެވެ. ނަމަވެސް މެޗުން ބްރާޖާ މޮޅުވުމަށް ކުރި އުއްމީދު ގެއްލުނީ 77 ވަނަ މިނެޓް ތެރޭގައި ޒޮލިސް އަތުން ބައިކޮޅަށްވަތް ގޯލުންނެވެ.

ކްލަބް ބްރޫޖް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗަށްފަހު ވާހަކަދައްކަމުން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނީ 3-3 ގެ ނަތީޖާއަކީ އޭނާގެ ޓީމަށް ފަރުޖައްސާލެވޭފަދަ ނަތީޖާއެއް ނޫންކަމަށާއި، މެޗްގައި ބްރޫޖާއިން ވަރަށް ރަނގަޅަށް ކުޅެފައިވާކަމަށެވެ. ބާސެލޯނާގެ ޑިފެންސް ރަނަގޅުކުރަންޖެހޭކަން ފާހަގަކުރަމުން ކޯޗް ބުނީ ކުރިއަށް އޮތްތަނުގައި އެކަމަށް އިސްކަންދޭނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް