އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސ. އަތޮޅު މަދަރުސާގެ އާ އިމާރާތް އެޅުމާއި ހުޅުދޫ އަދި މީދޫގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޙަވާލުކޮށްފި 

ސ. އަތޮޅު މަދަރުސާގެ އާ އިމާރާތް އެޅުމަށާއި، އެ ދެރަށަށް ނިސްބަތްވާ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓެކްޓަރުންނާ ޙަވާލުކޮށްފިއެވެ.

އެ ދެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުން އޮތީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި ޖަލްސާގައެވެ.

ސ. އަތޮޅު މަދަރުސާގެ އާ އިމާރާތުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދުއެވެ.

ދެރަށުގެ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް އަޅައި، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ޙަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލެޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ގްލެޓް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝިޔާމްއެވެ.

ގުޅުންހުރި ލިޔުންތައް