އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފުވައްމުލަކުގައި ގައުމީ ކުތުބުޚާނާގެ ގޮތްޕެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީގައި ގައުމީ ކުތުނުޚާނާގެ ގޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި ގައުމީ ކުތުނުޚާނާގެ ގޮތްޕެއް ޤާއިމްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައެވެ.

ފުވައްމުލައް ސިޓީގައި ގައުމީ ކުތުނުޚާނާގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަދި އެރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 11،250 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިުފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މިއިން ކޮންމެ ފަންގިފިލާއެއްގައި 5625 އަކަފޫޓް ހުންނާނެކަމަށް އެމްޓީސީސީއިން ބުންޏެވެ.

މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 15.18 މިލިޔަން ރުފިޔާއަށް 390 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

ފުވައްމުލަކު ސިޓީގައި ގައުމީ ކުތުނުޚާނާގެ ގޮތްޕެއް ޤާއިމްވެގެންދިއުމަކީ، ފުވައްމުލަކަށް ޢިލްމީގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭކަމެކެވެ.

އަދި ގައުމީ ކުތުނުޚާނާއެއް ހުރުމަކީ ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމަށް ފުރުސަތު ފަހިވާނެކަމެކެވެ.

ގުޅުންހުރި ލިޔުންތައް