އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފުވައްމުލަކުގައި 400 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ރާވާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ 7 އޮގަސްޓް 2023ގައި 469 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުުކޮށްފައި އޮތީ 540 ދުވަހުން ނިންމާ ގޮތަށެވެ.

މިއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެކެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް