މާފަންނު ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އެގޭ ސިޑި ގޮޅިއަށް ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 18:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ރޮޓަން ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.



