ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސަރުކާރުގެ ދެ އަހަރު ފާހަގަކުރުމުގެ ގޮތުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައެވެ.
ހުކުރު ދުވަހުގެ ރޭ 20:30 އޮންނަ މި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު ވަނީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަަށް ވަޑައިގެންފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ކުރެވުނު ކަމެއް ނޫނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައެވެ. އަދި މަދު ރަށެއްގައި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ފެށިފައެވެ. ނުފެށި ހުރި ރަށްތަކުގެ މަސައްކަތް ވެސް އަންނަ އަހަރު ފެށޭނެއެވެ.
މީގެ އިތުރުން، ގައުމީ ދިފާއީ ބާރުގެ ވަސީލަތްތައް އިތުރުކޮށް، ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.
މި ދެ އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ހިދުމަތަށް ޑްރޯންއާއި ބޮޑު ކަނޑު އުޅަނދެއްގެ އިތުރުން އެއްގަމު އުޅަނދުތަކެއްވެސް ވަނީ ނެރެފައެވެ.



