ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ބާންލީ ބަލިކޮށް އާސެނަލް އިން މުހިންމު މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 14ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސްއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އަދި ދެވަނަ ހާފުގައި ބާންލީ އިން ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން އާސެނަލްއަށް 25 ޕޮއިންޓް ލިބިފައިވާއިރު، ހަތް ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލިގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާންލީ އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް