އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވަގަށް ސިނގިރޭޓް އެތެރެކުރަން އެހީވި ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރަކު ވަކިކޮށްފި

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އެހީވެފައިވާތީ ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކޮށްފައި ވަނީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ’ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް’ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އިތުރު މުވައްޒަފުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް ވަނީ އަންގަވާފައެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް މި ސަރުކާރުން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް